ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރަކަށް ކާށިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ހަމަޖައްސަވައިފި އެވެ.
ޖާބިރު ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ އެޑްވައިޒަރެއްގެ ގޮތުގައި ޖާބިރު އައްޔަންކޮށްފައި ވާއިރު ރައްޔިތުންނަށް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ވެރިކަމުން ރައީސް ޔާމީން ބޭރުކޮށްގެން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ވިިޔަފާރިވެރިޔާ ޖާބިރު، އެޑްވައިޒަރު ކަމަށް އައްޔަންކޮށްފައިވާއިރު ނަޝީދު ވެސް މިވަގުތު ހުންނެވީ ލަންކާގައެވެ.