Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

"އައިސް ދޫކުރާ ބޯޓެއް އައްޑު އަށް ފޮނުވާނަން"

ދެކުނުގެ މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހަމަަޖައްސައި ދިނުމުގެ ގޮތުން އައްޑު އަށް އައިސް އުފައްދައި ދޫކުރާ ބޯޓެއް ފޮނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެ ރޭގެ ނިޔަލަށް ގާސިމް އައްޑު އަށް ކުރެއްވި ދަތުރުގައި ހިތަދޫގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ އައިސް ލިބުމުގެ ދަތިކަން ހުރި ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އެހެންވެ އެކަމަށް ވީހާ ވެސް އަވަހަކަށް އެހީތެރިކަމެއް ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މަހުޖަން ގާސިމް ވިދާޅުވީ އައްޑު އަށް ފޮނުވާ އައިސް ބޯޓަކީ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށް ފޮނުވާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓަކީ ކަނޑުމަތީގައި ބޭނުންވާ ވަރަށް ގިނަ ވަސީލަތްތައް ހިމެނޭ ބޯޓެއް ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ. މީގެ އަހަރުތަކެއް ކުރިން މިފްކޯ އިން ހިތަދޫގައި އައިސް ޕްލާންޓެއް ހުޅުވި ނަމަވެސް، އެތަނުގެ ހިދުމަތް ވަކި ހިސާބަކުން ވަނި ހުއްޓިފަ އެވެ. އެހެންވެ އައްޑޫގެ މަސްވެރިން އައިސް ހޯދަން ބޮޑު ހަރަދެއްކޮށްފައި ދާން ޖެހެނީ ހުވަދު އަތޮޅަށެވެ.