ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ މައްސަލަ އަކާއި ގުޅިގެން ރިޔާޒު ކޯޓަށް ހާޒިރު ވާން ޖެހެނީ މިރޭ 8 ޖަހާއިރަށެވެ.
ރިޔާޒު ވިދާޅުވީ ކުރިން އަންނަ އާދީއްތަ ދުވަހު މެންދުރު ފަހު 3ގައި ބާއްވަން އޮތް ޝަރީއަތް އަވަސްކޮށް މިރެއަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.
ރިޔާޒު ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށްފަހު 2 ގަޑިއެއްހާއިރު ފަހުން ދޫކޮށްލާފައެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން އެމަނިކުފާންގެ ފޯން ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.
އަބްދުﷲ ރިޔާޒްގެ މައްސަލައެއް ކްރިމިނަލް ކޯޓުން ބަލަމުން އަންނަ އިރު ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްޗަށް 3 ތުހުމަތެއްކޮށް މައްސަލަ ވަނީ ޕީޖީއަށް ފޮނުވާފައެވެ.
އަބްދުﷲ ރިޔާޒު އަންނަނީ އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެކު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.