Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ބާއެއް ފަޅާލި ދެ މީހެއްގެ މައްސަލަ ޕީޖީ އަށް

ސ. ގަމުގައި ހިންގާ ގޭން އައިލެންޑް ރިޓްރީޓް (ޖީއަައިއާރް) ގެ ބާއެއް ފަޅާލައިގެން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ވަގަށް ނެގި މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލަ އާ ގުޅިގެން ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ސ. ފޭދޫ ރާޅު، ސަޖާޙް ރަޝީދު، 21، އާއި މ. ލިލީޕާކް، އިބްރާހީމް ޙަމީދު، 25، ގެގެ މައްޗަށެވެ.

މި ދެ މީހުންގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސ. ގަން އައިލެންޑް ރިޓްރީޓްގެ ބާ ފަޅާލައިގެން އެތަނަށް ވަގަށް ވަދެ ގިނަ ޢަދަދެއްގެ ރާ ފުޅިތަކެއް ވަގަށް ނަގައިގެން ދިޔަ މައްސަލަ އާ ގުޅިގެންނެވެ.

މި މައްސަލަ ތަޙްޤީޤްކޮށް މި މައްސަލަ އާ ގުޅިގެން މި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖެނުއަރީ މަހު 27 ވަނަ ދުވަހު އެވެ.