Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ކާޑާއި ތެލުގެ އަގު ހެޔޮކޮށްފި

ކާޑާއި ތެލުގެ އަގު ހެޔޮކުރުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓިއޯއިން ނިންމައިފިއެވެ.

އެސްޓިއޯއިން ބުނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ހަނޑޫ އަދި ހަކުރުން 15 އިން ސައްތަ އަގު ހެޔޮވާނެކަމަށާއި ފުށް މިހާރު ވިއްކާ އަގުން 12 އިން ސައްތަ އަގު ހެޔޮވާނެ ކަމަށެވެ.

މީގެ އިތުރުން އެސްޓިއޯއިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރިވަނީ އަގު ހެޔޮކޮށްފައެވެ.

މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން އައްޑޫގައި ހަނޑޫ ކިލޯ އެއް ވިއްކަން ހަމަޖެހިފައިވާ އަގަކީ، 9.34 އެވެ. ފުށް ކިލޯއެއް 7.34 އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ހަކުރު ކިލޯއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 9.38 ރުފިޔާއަށެވެ.

މި އަގުތަކަކީ މާލޭގައި ކާޑު ވިއްކާ އަގުތަކަށް ވުރެ ބޮޑު އަގުތަކެއް ކަން ފާހަގަކޮށްލެވެއެވެ.