ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒުގެ މައްޗަށް މިރޭ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަށް ސިއްރުކޮށްފިއެވެ.
"ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ" ކުށުގެ މައްސަލަ އަކާއި ގުޅިގެން ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާ ގުޅިގެން އެމަނިކުފާން މިރޭ 8 ޖަހާއިރަށް ކޯޓަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.
ރިޔާޒުގެ މިރޭގެ ޝަރީއަތް ސިއްރު ކުރުމާއި ގުޅިގެން ޝަރީއަތުގެ މަޖްލިސްއަށް ރިޔާޒުގެ އިތުރުން ވަދެވޭނީ އެމަނިކުފާންގެ ވަކީލަށް އެކަނިއެވެ.
ރިޔާޒު ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ހިންގަވާފައި ދަނިކޮށް މާވެޔޮމަގުން ކޯޓު އަމުރަކާއިއެކުއެވެ. ރިޔާޒު ފުލުހުންގެ ބަންދަށް ގެންދިއުމަށްފަހު އެމަނިކުފާންގެ ފޯނު ފުލުހުން ވަނީ ހިފަހައްޓާފައެވެ.
25 އަހަރު ދުވަސްވަންދެން ފުލުހުންގެ ހިދްމަތުގައި ދެމިހުންނެވި އަބްދުﷲ ރިޔާޒްއަކީ ފުލުހުންގެ މުވައްސަސާ ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.