ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް އަނެއްކާވެސް މިރޭ ހައްޔަރުކޮށްފި އެވެ.
ގިނަ އަދަދެއްގެ ފުލުހުން ދެންމެ ގޮސް ކޯޓް އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކުރީ ގާސިމްގެ ގެކޮޅު މ. މާފަންނުވިލާގައި ހުންނަވަނިކޮށެވެ.
ފުލުހުންގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގާސިމް ހައްޔަރުކުރީ "ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން" ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ގާސިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްދިން ނަމަވެސް ހައިކޯޓުން ވަނީ ގާސިމް ހައްުޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށް ވާތީ އޭނާ މިނިވަންކޮށްފައެވެ.