Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ފާރިސްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްސަލަ ތަހުގީގުކޮށް ނިމުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހަށް ފޮނުވާލައިފިއެވެ.

ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މއ. ކިނބިގަސްދޮށުގޭ އަހުމަދު ފާރިސް މައުމޫން ދައުލަތުން ކޮށްފައިވާ ޚަރަދެއް އަނބުރާ ދައްކާފައި ނުވާކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމަށް އެދުނު މައްސަލައިގެ ތަހުގީގީ މަރުހަލާ ނިމި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިމައްސަލައިގެ ތަހުގީގަށް ފާރިސް ވަނީ އޭސީސީއަށް އަދި ފުލުހަށްވެސް ތަކުރާރުކޮށް ހާޒިރުކޮށްފައެވެ. އަދި މިމައްސަލައާއި ގުޅިގެން ފުލުހުން ވަނީ ފާރިސް ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެފައެވެ.