ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އަކީ ރައީސް އަބްދުﷲ ޔާމީން އެންމެ ޖެހިލުންވާ ސިޔާސީ ލީޑަރކަމަށް ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ އަދި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިގޮތަށް ވިދާޅުވީ ރޭ ދަންވަރު ކޯޓު އަމުރަކާއި އެކު ދެވަނަ ފަހަރަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެންނެވެ.
QI akee RY emme jehilunvaa siyaasee leader! Goaskoh kurevey kamakun rangalheh nunikunnaane! QI dhookollaa! pic.twitter.com/kUSzuG0SHa
— Abdulla Riyaz MP (@riyazabdulla) April 20, 2017
"ޤާސިމް އިބްރާހިމް އަކީ ރައީސް އަބްދުﷲ ޔާމީން އެންމެ ޖެހިލުންވާ ސިޔާސީ ލީޑަރ، ގޯސްކޮށް ކުރެވޭ ކަމަކުން ރަނގަޅެއް ނުނިކުންނާނެ، ގާސިމް އިބްރާހިމް ދޫކޮށްލާ"
ގާސިމް ފުލުހުންގެ ބަންދަށް ގެންދިޔައީ ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ނިގުޅައިގަނެ، އެފުރުސަތު ނުދީކަމަށް އެމަނިކުފާންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަދި އަލްއުސްތާޒާ ހިސާން ހުސެއިން ވަނީ ވިދާޅުވެފައެވެ.
ގާސިމް ހައްޔަރުކުރުމަށް މިފަހަރު އެދިވަޑައިގެންފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއެވެ.
"ގާސިމް ހައްޔަރު ކޮށްފައިވަނީ އެމަނިކުފާން އިސްވެ ހުންނަވައިގެން މ. ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެ ކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަމުން ދާތީ އާއި މި ކަންތައްތަކަކީ މިހާރު ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަމަށް ވާތީ، ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މި ކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެއް ކަމެއް ކަމަށާއި، އަދި ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި"
ފެނުމަކީ ވެސް އޭނާ ހައްޔަރު ކުރަންޖެހޭ ސަބަބެއް ކަމަށް އަމުރުގައިވެ އެވެ.
މަޖްލިސްގެ ރައީސްގެ އިތުބާރު ނެތަކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއާއި އެކު ކަމަށް މިމަހުގެ 10 ވަނަ ދުވަހު މަޖްލިސްއިން ފާސް ކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެ އަދަދުވެސް މިހާރު ހަމަކޮށްފައިވާ ކަމަށެވެ.