Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ފިޔޯރީ އިންޖީނުގޭގައި ރޯވެ މުވައްޒަފަކު މަރުވެއްޖެ

ގދ. ފިޔޯގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ އިންޖީނުގޭގެ މުވައްޒަފަކު މަރުވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަނެރޭޓަރެއްގެ ބެޓެރި ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަރުވެފައި ވަނީ މަރުވެއްޖެއެވެ.

މިއަދު މެންދުރު ހިނގި އެހާދިސާގައި މަރުވެފައިވަނީ އެރަށު ޗިޗަންޑާގޭ، ނާޒިދް އަބްދުﷲ އެވެ.

އިންޖީނުގޭގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައި ވާއިރު އިންޖީނުގެއަށް އަލިފާނުގެ ސަބަބުން މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ހިންގާ ފިޔޯރީ އިންޖީނުގޭގައި އެ ހާދިސާ ހިނގި އިރު ޑިއުޓީގައި ހުރީ ނާޒިދު އެކަންޏެވެ. ނާޒިދުގެ އިތުރުން ދެން ޑިއުޓީގައި ހުރި މުވައްޒަފު އެވަގުތުވީ ބްރޭކަށް ގޮސްފައި ކަމަށް ވެެއެވެ.