Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޝާޑާ އެކު މުޅި ހުޅުދޫ ވެހިކަލް ބުރަކަށް ނިކުންނަނީ

ޝާޑު އާއި އަނބިކަނބަލުން އިރްތިޝާމް އާދަމް

ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ވެހިކަލް ބުރެއް މިއަދު ހުޅުދޫގައި އޮންނާނެއެވެ.

މި ވެހިކަލް ބުރަކީ، ހުޅުދޫ ދާއިރާގެ ކައުންސިލަރ ކަމަށް ވާދަކުރައްވާ އަލީ މުހައްމަދުގެ ކެމްޕެއިން ޓީމާއި މެންބަރު ޝާޑު ގުޅިގެން ބާއްވާ ވެހިކަލް ބުރެކެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވެހިކަލް ބުރުގައި ޝާޑުގެ އަނބިކަނބަލުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިވެހިކަލް ބުރުގެ މަގްސަދަކީ ހުޅުދޫ ރައްޔިތުންގެ ތާއިދު ސަރުކާރަށް އޮތް ވަރު ހާމަކޮށް ދިނުން ކަމަށް މި ވެހިކަލް ބުރު އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ.