Last Updated: June 26, 10:52
Friday, June 26, 2026
ކުޅިވަރު

އަނިޔާގެ ސަބަބުން އިބްރާގެ ސީޒަން ނިމުމަކަށް

މެންޗެސްޓާ ޔުނައިޓެޑާއި އެންޑެލެޓް ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާގައި ބައްދަލުކުރި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ފޮވާޑް އިބްރަހިމޮވިޗްއަށް މިސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ޑޮކްޓަރުން އަންގައިފިއެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި އިބްރާ މަތިން އައި ބޯޅައެއް ކޮންޓްރޯލް ކުރަން އުޅެނިކޮށް ބިންމަތީގައި ފައި ޖެހުނު ގޮތުން އޭނާގެ ކަކުލަށް ވަނީ އަނިޔާވެފައެވެ.

މެޗަށްފަހު ޑޮކްޓަރުން ބެލި ބެލިމުން އެނގިފައިވަނީ ޔުނައިޓެޑުގެ މިސީޒަނުގެ ޓޮޕް ސްކޯރާގެ ދެ ލިގަމެންޓަކަށް ވަނީ އަނިޔާވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑާއި މިސީޒަނުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ގުޅުނު ސްވިޑެންގެ 35 އަހަރުގެ ފޯވާޑް އިބްރަހިމޮވިޗް ވަނީ މިހާތަނަށް 28 ލަނޑު ޔުނައިޓެޑަށް ޖަހާފައެވެ. އޭގެތެރެއިން 15 ލަނޑު އޭނާ ޖަހާފައިވަނީ ޕްރިމިއާ ލީގުގައެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ޔުނައިޓެޑު އަންނަނީ ޕްރިމިއާ ލީގުގެ ޓޮޕް 4 އަށްވެސް ވާދަކުރަމުންނެވެ. ނަމަވެސް އަނިޔާގެ ބޮޑެތި މައްސަލަތަކެއް މިހާރު ޓީމަށް ވަނީ ކުރިމަތިވެފައެވެ. އެންޑެލެޓް މެޗުގަިއ ޑިފެންޑަރު މާކޮސް ރޯޖޯވެސް ވަނީ އަނިޔާވެ މެޗުގެ ކުޅުން ކުރިއަށް ނުގެންދެވިގެން ބަދަލުކޮށްފައެވެ.