Last Updated: July 27, 18:03
Monday, July 27, 2026
ކުޅިވަރު

މީދު އާއި ހިތަދޫގެ އެކުވެރިކަމުގެ މެޗަށް ހަމަހަމަ ނިމުމެއް

މި މަހުގެ 25 ގައި ފަށާ ފަށާ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އަށެއްގެ މުބާރާތުގައި ވާދަ ކުރާ ހިތަދޫ ފުޓްބޯޅަ ކްލަބާއި މީދޫ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް ނިމިފައި ވަނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.

އިއްޔެގެ މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ހިތަދޫ ޓީމުންނެވެ. ހިތަދޫ ޓީމްގެ އިންޝަލް(އިންޓޭ) ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގާދީފައި ވަނިކޮށް މީދޫ ޓީމަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ނައުފަލް (ނެކްރޯ) އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ދެވަނަ ފަހަރަށް ހިތަދޫ ޓީމުން ލީޑު ނަގާފައި ވަނިކޮށް މީދޫ ޓީމަށް މެޗްގެ ނަތީޖާ ހަމަހަމަކޮށް ދިނީ މެޗްގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެ ޓީމުގެ އަހްމަދު ސަބާހް އެވެ.