Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

އިސްމެހެލާހެރައިގެ ލީޒް އިކްއިޒިޝަން ފީ ދައްކައިފި

ސ. އިސްމެހެލާހެރަ އަށް ލީޒް އިކްއިޒިޝަން ފީ ދައްކާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއް ޖެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ "އައްޑޫ އިންވެސްޓާސް ފޯރަމް" އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ.

ޒަމީރު ވިދާޅުވި ގޮތުގައި އިސްމެހެލާހެރައިގައި އިންވެސްޓްކުރުމަށް ވަރަށް ޤާބިލް ކުންފުނިތަކުން ކުރިމަތިލި ކަމަށެވެ.

"އިސްމެހެލާ ހެރަ އިންވެސްޓްކުރުމަށް މިކަމަށް ވަރަށް ގާބިލް އިންވެސްޓަރުންތަކެއް ކުރިމަތިލައްވާފައި، ސަރުކާރަށް ދައްކަން ޖެހޭ އިކްއިޒިޝަން ކޯސްޓް ވެސް ވަނީ ދައްކާ ނިމިފައި،" ޒަމީރު ވިދާޅުވި އެވެ.

އިސްމެހެލާ ހެރައަށް ދައްކަންޖެހޭ އިކުއިޒިޝަން ކޯސްޓް ދައްކާފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އެމަޝްރޫޢު އާއި ބެހޭ އިތުުރު ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އައްޑު އަށް ވަޑައިގެން މަހެއްހާ ދުވަހުގެ ތެރޭގައި "އިސްމެހެލާ މަޝްރޫޢު މޮބިލައިޒް ކުރާނެ" ކަމުގެ ޔަޤީންކަން މިނިސްޓަރު ޒަމީރު ދެއްވި އެވެ.

ނަަމަވެސް މިހާތަނަށް އިސްމެހެލާ ހެރަ ތަރައްޤީ ކުރުމަށް އެއްވެސް ފަރާތަކާއި ހަވާލުކުރެވިފައެއް ނުވެ އެވެ.

އިސްމެހެލާހެރަ ޕްރޮޖެކްޓް އިފްތިތާހްކޮށްފައި ވަނީ އެޕްރީލް 28، 2015 ވަނަ ގަ އެވެ.

އޭރު ސަރުކާރުން ބުނެފައި ވަނީ އިސްމެހެލާހެރަ ޕްރޮޖެކްޓްގެ ދަށުން 600 އެނދު ހިމެނޭ ރިސޯޓެއް ތަރައްޤީ ކުރެވިގެން ދާއިރު، އެތަނުން 1،800 ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ.