އިންޑިއާގެ ލޯ ބަޖެޓް އެއާލައިންއެއް ކަމަށްވާ، ސުފައިސް ޖެޓް އިން ރާއްޖެ އާއި ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާގެ ތްރިވަންތަޕޫރަމްއ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަން ނިންމައިފި އެވެ.
އެއާލައިންއިން މާލެ އާއި ތްރިވަންތަޕޫރަމްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މޭއި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ދަތުރުތައް ޝެޑިއުލްކޮށް ޓިކެޓް ވިއްކަން ފަށާފައިވާ އިރު އެވްރެޖް މާލެ/ ތްރިވަންތަޕޫރަމް އެއްކޮޅު ޓިކެޓް އުޅެނީ 1،900 ރުފިޔާ އަށެވެ.
ރާއްޖެ އަށް މިހާރު ވެސް ދަތުރުކުރަމުން އަންނަ ސުޕައިސް ޖެޓަކީ އިންޑީއާގެ މަގުބޫލް އަދި އެއާކުރާފްޓް ދާއިރާއިން ތަފާތު އެވޯޑްތަކެއް ހާސިލްކޮށްފައިވާ އެއާނަލައިނެކެވެ.