ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލައި މާމިގިލި ރައްޔިތުން މަގު މައްޗަށް ނިކުމެ އަޑުއުފުލައިފިއެވެ.
ގާސިމް ދޫކޮށްލުމަށް ގޮވާލައި މާމިގިލީގައި ބޭއްވި މުޒާހަރާގައި އެރަށުގެ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. މުޒާހަރާގައި ބައިވެރިވި މާމިގިލި ކައުންސިލްގެ ނައިބު ރައީސް މުފީދު ވަނީ ގާސިމް ހައްޔަރުކުރުން ކުށްވެރިކޮށް ވަގުތުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
#FreeQasimIbrahim @TeamQasim @vaavu @Mihaarunews @Jumhooree_MV @ameenmaldives pic.twitter.com/z38zsvGEmR
— Simbe🇲🇻 (@ShihamMohamed) April 22, 2017
މުފީދު އިތުރަށް ވިދާޅުވެފައިވަނީ ގާސިމް ހައްޔަރުކުރުމަކީ ލޯކަލް ކައުންސިލް އިންތިޚާބު ސަރުކާރަށް ގެއްލުން ފަދަ ކަމެއް ކަމަށެވެ. ދިވެހި ރާއްޖެއަށް އުމްރާނީ ތަރައްގީ ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ގާސިމް އިބްރާހިމް ހައްޔަރުކުރުމުން ސަރުކާރަށް ވޯޓ ދޭނެ ރައްޔިތުންނެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ހައްޔަރުކުރި ގާސިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.