ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޖަލުގައި ބަހައްޓައިގެން ރައީސް އަބްދުﷲ ޔާމީނަށް އިތުރަށް ލިބޭނެ އެއްވެސް ތާއިދެއް ނޯންނާނެކަމަށް ޖުމްހުރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރ އަދި ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
Hon Qasim jaluga bahattaigen RYameen ah ithurah libeyne evves thaaeedheh noannaane. Gaanoonee kula jassaige thiyakuranee hama aniyaa.
— Ali Hussain (@AleeVoice) April 21, 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވިކަމުގެ ތުހުމަތުގައި ގާސިމް ބަންދުކުރުމާއި ގުޅިގެން އެމަނިކުފާން ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ސިޔާސީ ޕާޓީ ތަކުން ގޮވާލާފައިވަނިކޮށް އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނީ ކުލަޖައްސައިގެން ގާސިމްއަށް ދެއްވަނީ އަނިޔާ ކަމަށެވެ.
ގާސިމް ހައްޔަރުކޮށްފައިވާ އިރު އެމަނިކުފާން ދޫކޮށްލުމަށް ގޮވާލައި މާމިގިލީ ރައްޔިތުން މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ.