Last Updated: June 24, 11:15
Wednesday, June 24, 2026
ޚަބަރު

ގާނޫނުގެ ތެރެއިން ގާސިމް ސަލާމަތް ވާނެ: ވައްޑެ

ގާނޫނީ އިމުގެ ތެރެއިން ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ސަލާމަތްތަވެވަޑައިގަންނަވާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރ އަދި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ވަހީދު (ލޯޔަރ ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ ވިދާޅުވީ ގާނޫނާއި ހިލާފްވާ ފަރާތްތަކާއި ގާނޫނު އަރާ ހަމަ ކުރާތަން ފެންނާނެ ކަމަށެވެ.

ގާސިމް ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވިކަމުގެ ތުހުމަތުގައެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ގަނޫނާއި ހިލާފަށްކަމަށް އެމަނިކުފާންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވާ އިރު ކުރީގެ ރައިސް އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ގާނޫނު އަސާސީގައިވާ އުސޫލުން މީހަކު މަގާމުން ވަކިކުރަން މަސައްކަތް ކުރުމަކީ ކުށެއް ނަމަ، މީހަކު އިންތިހާބް ކުރުމަށް މަސައްކަތް ކުރުމަކީވެސް ކުށެއްކަމަށްވާނެކަމަށެވެ.

ގާސިމް ހައްޔަރު ކުރުމާއި ގުޅިގެން އެމަނިކުފާން ދޫކޮށްލުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ދަނީ ގޮވަމުންނެވެ. އެގޮތުން މިއަދު ހަވީރު މާމިގިލީގައިވެސް ވަނީ ގާސިމް ދޫކޮށްލުމަށް ގޮވާލައި ބޮޑު މުޒާހަރާއެއް ބާއްވާފައެވެ.