ސަރުކާރުގެ އެކި އޮފީސްތަކާއި، އެހެން މުއައްސަސާތަކުގެ އިޢުލާނުތަކާއި، ދެންނެވުންތަކާއި، އެންގެވުންތައް ހިމަނުއްވައިގެން، ޢާންމުކޮށް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު ޗާޕްކޮށްގެން، ރައީސް އޮފީހުން ނެރެމުން ގެންދިޔަ ދިވެހި ސަރުކާރުގެ ގެޒެޓް، އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޗާޕް ނުުރާ ގޮތަށް ހަމަޖައްސަވައިފި އެވެ.
މިގޮތަށް މި ހަމަޖެއްސެވީ، ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަކަށް ކުޑަކުރެއްވުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ، އެ ފިޔަވަޅުތަކުގެ ދަށުންނެވެ.
މިގޮތަށް ހަމަޖެއްސެވި ކަމުގައި ވިޔަސް، މިހާރުވެސް އޮންލައިންކޮށް ޝާއިޢު ކުރައްވާ އުޞޫލުން އެދުވަހެއްގެ ގެޒެޓްގެ ޢަދަދު، ގެޒެޓް ވެބްސައިޓްގައި ޝާއިޢު ކުރައްވަމުން ގެންދަވާނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.gazette.gov.mv އެވެ.