Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

ރައީސް ޔާމީނުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަނީ

ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުރުން ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ހާމަކޮށްފި އެވެ.

ވިޔަފާރި ވެރިޔާ އަބްދުﷲ ޖާބިރު "ވީ ނިއުސް" އަށް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ރައީސް ޔާމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ހޯމަ ދުވަހު މަޖިލީހުގެ ރައީސް މަސީހުއާއި އިތުރު ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު ރައީސް ޔާމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނީ 66 މެމްބަރުންގެ ވޯޓާއި އެކުގައި ކަމަށެވެ.