Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ފުލުހަކަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ ޕީޖީ އަށް

ސ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ސ. މަރަދޫ ތެވެލި، އަލީ ޖަޒްލާން، 20، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 2012 ނޮވެމްބަރު މަހު 25 ވަނަ ދުވަހު 21:00 އެހާކަށްހާ އިރު ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންގެ ބީޓެއް ގަމުގެ ރަށުތެރެ ޕެޓްރޯލްކޮށް ވެހިކަލް ޗެކް ކުރަމުން ދަނިކޮށް މީނާ ސައިކަލެއްގައި ދަނިކޮށް ފެނިގެން މަޑު ކުރުވައި ޗެކްކުރި އިރު މީނާ އަތުގައި ލައިސަންސް ނެތި ސައިކަލް ދުއްވި މައްސަލަ އާ ގުޅިގެން މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފުލުހުންގެ މީހާ މަރާލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދިން މައްސަލަ އާ ގުޅިގެންނެވެ.