Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

ޔާމީންގެ މަރުގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަން ޖެހޭ: ނަޝީދު

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގުގައި ބައިނަލްއަގްވާމީ ފަރާތްތައް ބައިވެރިކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޔާމީންގެ މަރުގެ ތަހުގީގު ކުރިއަށް ގެންދަންވާނީ ހުޅުވާލެވިގެން އަދި ބައިނަލްއަގްވާމީ ފަރާތްތައް ބައިވެރިކޮށްގެން ކަމަށެވެ. ޔާމީންގެ ތަހުގީގު އިންސާފުވެރިވާނީ އެގޮތަށް ކުރިއަށް ގެންދެވިގެން ކަމަށްވެސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އައްޑޫ ސިޓީ ފޭދޫ އަށް ނިސްބަތްވާ ބްލޮގަރ ޔާމީން މަރާލާފައި މިވަނީ އޭނާ މަރާލާނެ ކަމުގެ އިންޒާރުތަކެއް ލިބުމާއި ގުޅިގެން އެކަން ބަލައިދޭން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ.