Last Updated: June 26, 10:51
Friday, June 26, 2026
ޚަބަރު

އެސްޓީއޯގެ ތިޖޫރީއަކުން ފަސްލައްކަ ރުފިޔާ ވަގަށް ނަގައިފި

އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުގެ ތިޖޫރީ ފަޅާލައި 5 ލައްކަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންނާއި ހަވާލާދީ "މިހާރު" ރިޕޯޓުކޮށްފައިވަނީ ތިޖޫރީއިން ފައިސާ ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:50 ގައެވެ.

އެސްޓީއޯ އިން ވައްކަމާއި ބެހޭ އެއްވެސް ބަހެއް މިހާތަނަށް މީޑިޔާގައި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން މިހާރު މިމައްސަލަ ތަހުގީގު ކުރަމުން އަންނައިރު އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.