ރަހުމުކުޑަ ގޮތަކަށް ވަޅިން ހަމަލާދީ މާލޭގައި ޒުވާން ބްލޮގަރ، ޔާމީން ރަޝީދު މަރާލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހާއްސަ އިސްކަމެއް ދީގެން މައްސަލަ ތަހުގީގު ކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.
އަދާލަތު ޕާޓީއިން މިއަދު ކުރި ޓުވީޓެއްގައި އިންސާފު ހޯދައިދިނުމަށް ގޮވާލާފައިވާއިރު ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ހަރު އަޑުން ޔާމީނަށް އިންސާފު ހޯދާދިނުމަށް ގޮވާލަމުންނެވެ.
Social media activist Yameen Rasheed aniyaaverigothakah maraali massala khaassa iskameh dheegen thahqeeq kurumah muassasaathakah govaalan.
— Adhaalath Party (@AdhaalathOffice) April 23, 2017
ރޭ ދަންވަރު ޔާމީން މަރާލާފައި އޮތްވާ ފެނިފައިވަނީ ދަންވަރު 2:59 ގައެވެ. ޔާމީންގެ ހަށިގަނޑުގެ 24 ތަނަކަށް ގާތިލުން ވަނީ ވަޅި ހަރާފައެވެ.

ފުލުހުން ވަނީ ޔާމީންގެ މަރު ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގު ފަށާފައިވާ ކަމަށެވެ.