Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

އިންވެސްޓާސް ފޯރަމްގެ ނަސީބުވެރިއަކަށް މަރީ

މަރިޔަމް ގާސިމް އަދި އަބްދުލް ހާރިސް

އައްޑޫގައި އިއްޔެ ބޭއްވި އިންވެސްޓާސް ފޯރަމްގެ ބައިވެރިންގެ މެދުގައި ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ކުރިއަށް ގެންދިޔަ ލަކީ ޑްރޯގެ ނަސީބުވެރިވެރިއަކަށް އައްޑޫ ބިޒްނަސް ޑިވެލޮޕްމަންޓްގެ މެނޭޖަރު މަރިޔަމް ގާސިމް (މަރީ) ހޮވިއްޖެ އެވެ.

ފޯރަމްގައި ބައިވެރިވި 155 ފަރާތުގެ މެދުގައި ކުރިއަށް ގެންދިޔަ މި ލަކީ ޑްރޯ ދިމާކުރި ފަރާތަކަށް މޯލްޑިވިއަނުން ވަނީ ބެންކޮކް ދެ ކޮޅު ޓިކެޓް ދެ މީހަކަށް ދީފަ އެވެ.

މި ޓިކެޓް ކޫޕަން މަރީ އާއި ހަވާލުކޮށްދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސްއެވެ.

ގަމުގެ އީކުއޭޓަރވިލެޖްގައި ބޭއްވި "އައްޑޫ އިންވެސްޓާސް ފޯރަމް" ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

މި ފޯރަމްގައި އައްޑޫގެ އެކި ވިޔަފާރިވެރިންނާއި އެކި މުވައްސަސާތަކުން ބައިވެރިވި އެވެ.