Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ޔާމީންގެ މަރު ސީރިއަސްކޮށް އެބަ ބަލަން: ޕޮލިސް

ރޭގެ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ސ.ފޭދޫ ޗަނބޭލީގެ، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ތެރެއިން ޚާއްސަ ޓީމެއް ވަނީ މިހާރު އެކުލަވާލެވިފައެވެ. އަދި އެޓީމުގެ ދަށުން މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން މިފަދަ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބަޔާނުގައި ވެއެވެ.

ރޭ ދަންވަރު 2:59 ގައި ޔާމީންގެ ހަށިގަނޑު ފެނިފައިވަނީ 24 ތަނަކަށް ވަޅި ހަރާފައިވަނިކޮށެވެ. އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ޔާމީން ނިޔާވެފައިވަނީ 3:40 ގައެވެ.

ޔާމީނަކީ ކޮރަޕްޝަނާއި ބޭއިންސާފާއި ދެކޮޅަށް އަޑުއުފުލައި ބޮލްގްކުރަމުން ދިޔަ ޒުވާނެކެވެ. ގެއްލުވާލި ނޫސްވެރިޔާ، ރިޟްވާންގެ ގާތް އެކުވެރިއެކެވެ. ޔާމީން މަރާލާފައިވަނީ ތަކުރާރުކޮށް މަރުގެ އިންޒާރުދީ، މަރާލާނެ ކަމަށް ބުނެފައިވަނިކޮށެވެ.