Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ޔާމީންގެ މަރު އައްޑޫ މޭޔަރު ސޯބެ ކުށްވެރިކޮށްފި

އައްޑޫ ސިޓީގެ ފޭދު އަށް ނިސްބަތްވާ 29 އަހަރުގެ ޔާމީން ރަޝީދް އަނިޔާވެރި، ލާއިންސާނީ ގޮތަކަށް ވަޅި ހަރައި މަރާލުން އައްޑޫ ސިޓީގެ މޭޔާ، އަބްދުﷲ ސޯދިގް ކުށްވެރިކޮށްފި އެވެ.

ސޯބެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޖެހިލުންކުޑަ ޒުވާން ބްލޮގަ ވަރަށް އަނިޔާވެރިކޮށް މަރާލުން އައްޑޫ އެންމެން ކުށްވެރި ކުރާ ކަމަށާއި އިންސާފުވެރި ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.

ފުލުހުން ވަނީ ޔާމީންގެ ތަހުގީގު ފަށާފައިވާ ކަމަށް ނެރުނު ނޫސް ބަޔާނެއްގައި ބުނެފަ އެވެ.

އަދި ތަހުގީގަށް ޚާއްސަ ޓީމެއް އެކުލަވާލެވިފައިވާ ކަމަށާއި ތަހުގީގުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ވަނީ ނަގަން ޖެހޭ މައުލޫމާތު ނެގުމަށްފަހު ޔާމީންގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފައެވެ.