Last Updated: June 26, 06:30
Friday, June 26, 2026
ކުޅިވަރު

ބާންލީ ބަލިކޮށް ޔުނައިޓެޑްގެ މިސްރާބު ޓޮޕް 4 އާ ދިމާލަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު 0-2 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެންޑެލެޓާއި ދެކޮޅަށް ކުޅުނު މެޗުގައި ތިބި ގިނަ ކުޅުންތެރިންނާއި ނުލާ ޔުނައިޓެޑު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ގޯލު ޖަހާފައެވެ. މިލަނޑު ޖަހާފައިވަނީ މާޝިއަލްއެވެ.

ޔުނައިޓެޑުން ލީޑު ނެގުމަށްފަހު މާގިނައިރުތަކެއް ނުވެ އަނެއްކާވެސް ގޯލެއް ޖަހާފައިވެއެވެ. 39 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބުކޮށްފައިވަނީ ކެޕްޓަން ވޭން ރޫނީއެވެ.

މިދިޔަ މާޗް މަހުގެ 3 ވަނަ ދުވަހަށްފަހު ރޫނީ ފުރަތަމަ އެގާރައިން ފެނުނު ފުރަތަމަ މެޗުގައި އޭނާ ވަނީ އެދެވޭ ކުޅުމެއް ދައްކާފައެވެ. ނަމަވެސް ރެފްރީއާއި ޒުވާބުކުރުމުން އޭނާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

ޔުނައިޓެޑުގެ ޑިފެންސް ލައިން މިއަދުގެ މެޗުގައިވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޚާއްސަކޮށް ބެއިލީ އަދި ބްލިންޑް ވަނީ ކީޕަރު ޑެހެއާއަށް ހާސްކަމެއް ގެނައުމުން އެއްކިބާކޮށްފައެވެ. މިއަދުގެ މެޗުގައިވެސް އިދިކޮޅު ޓީމަށް ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވިފައެއް ނުވެއެވެ.

ޕޮއިންޓުގެ ގޮތުން ބަލާއިރު ޔުނައިޓެޑު އޮތީ ސިޓީއަށްވުރެ އެންމެ ޕޮއިންޓެއް ފަހަތުގައެވެ. ދެން އޮތް މެޗުގައި ސިޓީއާއި ވާދަކުރަން ޖެހޭ އިރު މެޗުން މޮޅުވެއްޖެނަމަ ގަދަ 4 އަށް ދެވޭނެއެވެ.