Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ހަށިގަނޑު ޖަލަށް ލިޔަސް އަޒުމެއް ޖަލަކަށް ނުލެވޭނެ: އިމްރާން

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ

ހަށިގަނޑު ޖަލަށް ލެވިދާނެ ކަމަށާއި ނަމަވެސް މި އަޒުމެއް އަދި ދިވެހި ރައްޔިތުންގެ ގުރުބާނީ ޖަލަށް ނުލެވޭނެކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ޝެއިހް އިމްރާން މިގޮތަށް ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން އެމަނިކުފާން އަނބުރާ ގޭބަންދުން ޖަލަށް ބަދަލު ކުރުމަށް ޑީޕީއާރްއެސްގެ ބޭފުޅުން ދިއުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ހަށިގަނޑު ޖަލަށްލެވިދާނެ އެކަމަކު އަޒުމެއް ޖަލަށް ނުލެވޭނެ: އިމްރާން

އިމްރާން މިރޭ ޖަލަށް ބަދަލު ކުރާއިރު އެމަނިކުފާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 12 އަހަރުގެ ޖަލު ހުކުމަށް މިއަދު ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތުކޮށެވެ.

އިމްރާންގެ މައްޗަށް މައްސަލަ ސާބިތުވެ 12 އަހަރަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގައެވެ.

އިމްރާން މިރޭ ޖަލަށް އަލުން ބަދަލު ކުރާއިރު އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މިހާރު ފަށާފައިވާ މަސައްކަތުގައި އަދާލަތު ޕާޓީން ބައިވެރިވާ އިރު އެޕާޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޝެއިހް އިމްރާންއެވެ.