މާލޭ ގެސްޓް ހައުސްއެއް ފާސް ކުރަމުންދަނިކޮށް މަސްތުވާތަކެތި ފެނި، ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ގެސްޓް ހައުސް ފާސްކުރުމަށް ވަނީ ގެއްލިފައިވާ ކުއްޖަކު ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ހޯދަމުން ދިޔަ ކުއްޖާ ގެނެސްފައިވާއިރު ގެސްޓް ހައުސް އިން ފެނުނު މަސްތުވާތަކެއްޗާއެކު މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި އެގެއިން ގިނަ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއްނުވެއެވެ. ނަމަވެސް ބަޔަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.