އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޒުވާން ބްލްގޮރު ޔާމިން ރަޝީދުގެ މަރުން ދޭހަ ވަނީ މުޖްތަމަޢްގައި ދިފާއެއް ނެތްކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ސިފައިންގެ ހިދުމަތަށް 125 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ޔާމީން ރަޝީދުގެ މަރުން ދޭހަވެގެން ދިޔައީ ފަރުދެއްގެ ހައިސިއްޔަތުން ދިރިއުޅޭ ވެށީގައި ބޭނުންވާ ކަށަވަރުކަން ރައްޔިތުންނަށް ދިނުމުގައި މުއައްސަސާތަކުން މާފަށް އެދެން ޖެހޭކަން ކަމަށެވެ.
އެހެން ނަމަވެސް އެއްވެސް މުއައްސަސާއެއް ކުށްވެރި ނުކުރައްވާނެ ކަމަށާއި އެއީ ހައްލެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަމަކު އެއްގޮތަކަށް ވެސް އެއްވެސް މުއައްސަސާއަކަށް ކުށްވެރިކުރުމުގެ އިނގިއްޔެއް އަޅުގަނޑު ނުނަގާނަން، އެއީ މުއައްސަސާތައް ކުށްވެރިއެއް ނުވޭ،"
ޤައުމުގައި ހަމަނުޖެހުން އާންމުވެފައި ނެތް ނަމަވެސް ކޮންމެ މިފަދަ އަމަލަކުން ލިބިގެން މިދަނީ ބޮޑު ގެއްލުމެއް ކަމަށާއި އެކަން ދައުލަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވަނީ ޔާމީން ރަޝީދުގެ މަރުގެ ހަގީގަތާއި އަދިވެސް ފުރިހަމަ ނުވެ ހުރި މިފަދަ މައްސަލަތަކުގެ ހަގީގަތް ވެސް ހޯދަން މަސައްކަތްތައް ކެނޑިނޭޅި ކުރައްވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.