Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ޔާމީންގެ މަރާ ބެހޭ މައުލޫމާތެއް އޮތް ނަމަ ހިއްސާ ކުރޭ: ޕޮލިސް

ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ ފޭދޫ ޗަނބޭލީގެ، ޔާމީން ރަޝީދު މަރާލުމާ ގުޅިގެން އާންމުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ލިބިފައިއޮތް ނަމަ ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެ އެވެ.

މިއަދު މެންދުރު ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފަ އިވަނީ ޔާމީން މަރާލި މީހުން ހޯދުމަށް ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ކިތަންމެ ކުޑަ ނަމަވެސް ހެއްކެއް ނުވަތަ މައުލޫމާތެއް ލިބިފައިވާ ނަމަ 3322111 ނުވަތަ 3322112 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށް ދިނުމަށް އެދިފަ އެވެ.

ތަހުގީގާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވާ އިރު އަދި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފައެއް ނުވެ އެވެ.

ފުލުހުން ވަނީ ޔާމީންގެ މަރާއި ބެހޭގޮތުން ސާބިތު ނުހިފޭ ދޮގު މައުލޫމާތު ނުފެތުރުމަށް މީޑިޔާއަށާއި އާންމު ރައްޔިތުންގެ މައްޗަށް އިލްތިމާސްކޮށްފަ އެވެ.

އަދި ތަހުގީގަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނުކުރުމަށްވެސް ފުލުހުން ވަނީ އާންމުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.