Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

އިންޖީނަކަށް މައްސަލަ ޖެހި ކަރަންޓު ކަނޑަނީ

އައްޑޫ ސިޓީ، މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރާ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން އެބަދެއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުތަކަށް ލޯޑު ކުޑަކުރުމުގެ ގޮތުން މަރަދޫ އާއި ހިތަދޫގެ ގިނަ ހިސާބުތަކުގެ މަގު ބައްތިތައް މިހާރު ވަނީ ނިވާލާފައެވެ.

ހިތަދޫގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ އައިލޭންޑް ޓީވީގެ އިމާރާތް ހުންނަ ހިސާބުގައި ވެސް މިވަގުތު ކަރަންޓު ނެތުމުގެ ސަބަބުން އައްޑޫގެ ހުރިހާ ރަށަކަށް ވެސް މިވަގުތު ކޭބަލް ޓީވީ ހިދްމަތް ވަނީ މެދުކެނޑިފައެވެ.

ކަރަންޓު ކެނޑެމުންދާ މައްސަލައިގައި ފެނަކަ ކޯޕަރޭޝަނުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އިންޖީނުތަކަށް މައްސަލަ ދިމާވެ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ.