މާލެ ސިޓީ ކައުންސިލަށް ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓުން ތަމްރީން ކުރަމުން ގެންދަނީ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މާލޭގައި ރޭ ބޭއްވި ޕީޕީއެމްގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާފައި ވަނީ ވަރަށް ވަރުގަދަ ބޭފުޅުން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރުން ރައީސް ޔާމިން ކުރިއަށް ގެންދަވާ މަޝްރޫއުތައް ހުއްޓުވުމަށް ކަމަށް ވިޔަސް އެކަމެއް ނުކުރެވޭނެ ކަމަށެވެ.
"ރައީސް ޔާމީން ބިރުފުޅެއް ނުގަންނަވާނެ އެބޭފުޅުން ޖަހާ ބެރަކަށް. އެމަނިކުފާނު މި އެކުލަވާލާ މަޝްރޫއުތަކާއި ދޭތެރޭ، އެމަނިކުފާނު ވިސްނާ ވިސްނުންތައް ބަދަލެއް ނުކުރެވޭނެ" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ގެންދަވަނީ، ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން ތިބި ލީޑަރުންނަށް ވެރިކަން ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ރަނގަޅު ފިލާވަޅުތަކެއް ނަންގަވައިދެއްވަމުންނެވެ.
ރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑި ކާމިޔާބު ކުރުމަށް ޕީޕީއެމް އޮތީ ތައްޔާރަށް ކަމަށެވެ.
މ