Last Updated: June 11, 22:21
Thursday, June 11, 2026
ވިޔަފާރި

އެމްޕީއެލްގެ ބޯޑް އުވާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ރައީސް މިއަދު އުވާލައްވައިފި އެވެ.

އެ ބޯޑް އުވާލެއްވީ ބައެއް މެންބަރުން ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށް ކަންތައްތައް ކުރައްވާފައި ހުރި ކަމުގެ ޝަކުވާ އާއި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން، ނާޖާއިޒު ފައިދާ ނަންގަވަމުން ގެންދަވާ ކަމުގެ ޝަކުވާ ރައީސަށް ލިބިވަޑައި ގަންނަވަމުންދާތީއާއި، އެ ބޯޑުގެ ބައެއް މެންބަރުންގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކުރައްވައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީީ) އިން ރައީސްގެ އަރިހަށް ހުށަހަޅުއްވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު، އަލުން އެކުލަވައިލައްވާ އިރު، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް، އެ ބޯޑުން މިހާރު ވެސް ދެއްވާފައިވާ ޖާގަތަކަށް ބޭފުޅުން ހުށަހެޅުއްވުމުގެ ފުރްޞަތު، އެ ޕާޓީތަކަށް ދެއްވާގޮތަށް ރައީސް ވަނީ ނިންމަވާފަ އެވެ.