Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

ޒައިދުގެ ޝަރީއަތް ސިއްރުކޮށްފި

ފޮޓޯ: ސަން

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މާލެ ސިޓީ ކައުންސިލް މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ ޒައިދުލް އަމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފިއެވެ.

ޒައިދު ގެ ޝަރީއަތް މިއަދު ހެނދުނު 11 ޖަހާއިރަށް ކޯޓުގައި ޝެޑިއުލް ކޮށްފައިވާ އިރު އޭނާގެ މައްޗަށް މިހާރު ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އެއީ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އަދި ގާނޫނީ ބާރު ހިންގަން ދަތި ކުރުމުގެ ދައުވާ އެވެ.

ޒައިދުގެ ޝަރީއަތް ސިއްރު ކުރީ ކޮން ސަބަބަކާއި ހުރެގެންކަން ކޯޓުން ހާމަކޮށްފައި ނުވެއެވެ. ޒައިދަކީ ކުރީގެ ރައީސް މައުމޫން އާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.