Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާ އެކު ބަޔަކު އަތުލައިގެންފި

photo: Police

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ގެއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ފިރިހެންނުންނެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިންވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުންނަށް ލިބުނު ރިޕޯޓެއްގައި އެގޭގައި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރަމުންދާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުންގެ ޓީމެއް ވަނީ ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެފައެވެ. ފުލުހުންނަށް އެގެއާއި ކާރެއް ފާސްކުރުމުގެ އަމުރު ކޯޓުން ވަނީ ދީފައެވެ.

ފާސްކުރި ގޭގެ ތިންވަނަ ފަންގިފިލާއިން ހަތަރު ފުޅި ބަނގުރާ ފުލުހުން ވަނީ ހޯދާފައެވެ. އަދި ކޯޓު އަމުރުގެ ދަށުން ފާސްކުރި ކާރުގެ ތެރެއިން ފުލުހުން ވަނީ 7 ފުޅި ބަނގުރާ ހޯދާފައެވެ.

މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވަނީ ދާދި ފަހުން ކުޑަ ކުއްޖަކު ހޯދަމުން ދަނިކޮށް ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހަމީހަކު ހައްޔަރުކޮށްފައެވެ.