Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރު ބްރޯޑްކޮމަށް ހާޒިރު ކުރަނީ

ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް ބްރޯޑްކާސްޓިން ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.

އަލީ ޔޫސުފް ހާޒިރު ވުމަށް އަންގާފައި ވަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ނަމަވެސް ބްރޯޑްކޮމް އިން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.

އަލީ ޔޫސުފް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ރާއްޖޭ ޓީވީ ވަނީ ދާދި ފަހުން ރައީސް ޔާމީންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

އޭގެ ކުރިން ދެލައްކަ ރުފިޔާއިން ވެސް ރާއްޖެ ޓީވީ ވަނީ ޖޫރިމަނާކޮށްފަ އެވެ.