މިއަދު މީދޫގައި ފަށެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތާއެކު ސަދަން ޓްރާންސްޕޯޓް ލިންކް(އެސްޓީއެލް) ގެ ފެރީ ދަތުރުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެސްޓީއެލް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިބަދަލުތައް ގެނެސްފައިވަނީ މީދޫގައި މިއަދު ފެށޭ މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަކަށް މުބާރާތުގައި ކުޅުމަށް މީދޫއަށް ދިއުމުގައި ޓީމުތަކަށް ފަސޭހައެއް ހޯދާދިނުމަށް ކަމަށެވެ.
* އެގޮތުން ފެރީގެ ގަޑިތައް މިހާރު ހަމަޖެހިފައި ވަނީ:
ފޭދޫ-ހުޅުމީދޫ: ހެނދުނު 10:30
ހުޅުމީދޫ-ފޭދޫ: ރޭގަނޑު 7:00
ފޭދޫ-ހުޅުމީދޫ: ރޭގަނޑު 8:00
ފެރީ މިގަޑިތަކުގައި ދަތުރުކުރި ނަމަވެސް އެސްޓީއެލް އިން ވަނީ ފެރީގެ ބަދަލުގައި ލޯންޗު ހަމަޖައްސައިފަ އެވެ.
އެގޮތުން މެންދުރުފަހު 15:45 އިން ހުޅުމީދޫ އިން ލޯންޗު ދަތުރު ހަމަޖެހިފައިވާ އިރު ފޭދޫ އިން ހަވީރު 16:15 ގައި ލޯންޗު ދަތުރު އޮންނާނެ އެވެ.