ހޮނިހިރު ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް ބްލޮގަރު އަދި ސޯޝަލް އެކްޓިވިސްޓް ޔާމީން ރަޝީދު، މަރާލި މީހުން ހޯދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ ކޮމާންޑަރު ނަވާޒް ވިދާޅުވެފައިވަނީ ވީޑިއޯ މެދުވެރިކޮށް އެނެލައިޒް ކުރި ކުރުމުން ޔާމީންގެ ގާތިލުން ހޯދާފައިވާ ކަމަށެވެ.

ނަވާޒް އިތުރަށް ވިދާޅުވެފައިވަނީ ދެން ފުލުހުން ކުރަންޖެހޭ ކަމަކީ ޔާމީންގެ ގާތިލުން ހިފާ ހައްޔަރުކުރުން ކަމަށާއި އެކަމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ނަވާޒް ވިދާޅުވި އެވެ.
ނަވާޒް ވިދާޅުވެފައި ވަނީ ވީޑިއޯ އިން ފެންނަ ގޮތުގައި ޔާމީން މަރާލުމުގައި ބައިވެރިވެފައި ވަނީ ދެ މީހުން ކަމަށާއި ވީޑިއޯ އިން އެމީހުން އެ އަމަލު ހިންގާތަން ފެންނަ ކަމަށެވެ.
މީޑިޔާތަކަށް ކުށްކުރި މީހުންގެ ފޮޓޯ ދޭނެ ކަމަށާއި ފޮޓޯ މީޑިޔާތަކަށް ފޮނުވާއިރު ކޮން ބައެއް ކަން އެނގޭ ވަރަށް ސާފުކޮށް ދޭނެ ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ.
ޔާމީންގެ ހަށިގަނޑަށް 14 ފަހަރު ވަޅި ހަރާފައިވާ އިރު ގާތިލުން ވަނީ ޔާމީންގެ ކަރަށާއި ބޯ ވެސް ޒަޚަމްކޮށްލައިފަ އެވެ.