އަންނަ މޭ މަހު 5 ގައި ދިރާގުން ސެމްސަންގ އިން ރިލީޒް ކުރި އެންމެ ފަހުގެ އެސް8 އާއި އެސް 8 ޕްލަސް ފޯނު ވިއްކަން ނިންމައިފިއެވެ.
ސެމްސަންގ ގެ އެންމެ ފަހުގެ ފޯނު ދައްކާލުމަށް ދިރާގުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ސެމްސަންގގެ ރާއްޖެއާއި ސްރީ ލަންކާގެ މެނޭޖިންގ ޑިރެކްޓަރު އަދި ދިރާގުގެ ޗީފް މާކެޓިން އޮފިސާ އިޒަބެލް ހަޖްރީ ވަނީ ބައިވެރިވެފައެވެ.
ސެމްސްންގ ރާއްޖެއާއި ލަންކާ މެނޭޖިންގ ޑިރެކްޓަރު ޔޮންމިންގ ޝިން ވިދާޅުވެފައިވަނީ ސެމްސަންގ ގެ އާ ފޯނަކީ ސްމާޓު ފޯނުގެ ދުނިޔެއަށް އިންގިލާބެއް ގެންނާނެ ފޯނެއް ކަމަށެވެ.

ދިރާގުން މިފޯނު ވިއްކުމަށް ތައްޔާރުވަމުން އަންނައިރު އެހެން ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ރިސާވް ކުރުމަށް އެޑްވާންސްކޮށް ފައިސާ ދެއްކޭނެ ނިޒާމު ވަނީ ތަނަވަސްކޮށްފައެވެ.
ނަމަވެސް ދިރާގު މެދުވެރިކޮށް އެސް8 އަދި އެސް8 ޕްލަސްއަށް ޕްރީ ރެޖިސްޓާ ކުރުމަށް ހުޅުވާލި ފުރުސަތު މިރޭ 00:00 އަށް ހަމަވާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މިފުރުސަތު ދިރާގުން ހުޅުވާލީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.
ދިރާގުން އެސް8 ވިއްކުމަށް ހަމަޖެހިފައިވަނީ 13،499 ރ. އަށެވެ. އަދި އެސް8 ޕްލަސް ވިއްކުމަށް ހަމަޖެހިފައިވަނީ 15،499 ރުފިޔާއަށެވެ.