Last Updated: June 24, 09:44
Wednesday, June 24, 2026
ޚަބަރު

"ޕާޓީ ހިންގަން ކޮންމެ ދުވަހަކު ގާސިމާ ބައްދަލު ކުރަން ބޭނުން"

ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް -- ވީފޮޓޯ

ޖުމްހުރީ ޕާޓީ ހިންގުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށް ކޮންމެ ދުވަހަކު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވިކަމުގެ ތުހުމަތުގައި މިހާރު ފުލުހުންގެ ބެއްލެވުމުގެ ދަށުގައި ހުންނެވި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުން އެދި ޕޮލިސް ކަމިޝްނާ އަހްމަދު އަރީފްއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މީގެ ކުރިން އެފަދަ ފުރުސަތުތައް އެހެން ޕާޓީތަަކަށް ފަހިކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް އެފަދަ ފުރުސަތެއް ޖުމްހުރީ ޕާޓީއަށް ނެތްކަމަށް އަރީފްއަށް ފޮނުވި ސިޓީގައިވެއެވެ.

ޖުމްހުރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ފޮނުއްވި މި ސިޓީގައި ބުނެފައިވަނީ ޖޭޕީ ހިންގަމުން ދަނީ އެޕާޓީގެ ލީޑަރ ގެ މަޝްވަރާއި ހިޔާލުތަކާއި އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން ސަމީރުވަނީ މި ފުރުސަތު ފުލުހުންގެ ފަރާތުން ނުލިބޭތީ އާއި ގާސިމް ބަންދުކޮށްފައިވާ ގޮޅީގެ ކަންކަން ބަލައި ދިނުމަށް އެދި ހިއުމަން ރައިޓްސްއަށްވެސް ސިޓީ ފޮނުވާފައެވެ.