Last Updated: July 27, 17:18
Monday, July 27, 2026
ޚަބަރު

އައްޑޫގެ ކުޅިވަރު ވަސީލަތްތައް ގާއިމް ކުރަން ހަވާލުކޮށްފި

އައްޑޫގައި 11 ކުޅިވަރު ދަނޑެއް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައި ވަނީ ހިތަދޫ، ހުޅުދޫ އަދި މީދޫގައި ކުޅިވަރު ވަސީލަތްތަކެއް ގާއިމް ކުރުމުގެ މަސައްކަތެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ހިތަދޫގައި ބަށި ކޯޓަކާއި ނެޓުބޯޅަ ކޯޓެއްގެ އިތުރުން ވޮލީ ކޯޓެއް ގާއިމް ކުރެވިގެން ދާނެ ކަމަށެވެ.

ކޮންޓްރެކްޓުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ހުޅުދޫގައި ދެ ވޮލީ ކޯޓަކާއި ނެޓުބޯޅަ ކޯޓެއްގެ އިތުރުން ބަށި ކޯޓެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މީދޫގެ ދެ ވޮލީ ކޯޓަކާއި ނެޓުބޯޅަ ކޯޓެއްގެ އިތުރުން ބަށި ކޯޓެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫތް މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މިފަހަރު ސޮއި ކުރެވުނީ 1.5 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ކަމަށެވެ.