މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފޭދު އާއި މަރަދޫ ބައްދަލު ކުރި މަޗް ފަސޭހަކަމާ އެކު ފޭދޫ ޓީމުން ކާމިޔާބްކޮށްފި އެވެ.
މީދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗް ފޭދޫން ކާމިޔާބް ކުރީ 4-1 ލަނޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު 14 ވަނ މިނިޓްގައި ޖަހައި ލީޑް ނަގާދިނީ ފޭދޫ ޓީމްގެ އަބްދުﷲ ރިޒްމީންއެވެ. ފޭދޫ ޓީމްގެ ލީޑް ފުޅާ ކުރީ މެޗްގެ 24 ވަނަ މިނިޓްގައި އަލީ ސަރީރު (ޕީޓާ) ޖަހައި ދިން ލަނޑުންނެވެ.
މެޗްގައި މަރަދޫން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 38 ވަނަ މިނިޓްގައި ޖަހާ ދިނީ އަހްމަދު ޠޮލާލްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ފޭދޫ ޓީމްގެ ވިންސެންޓް ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 3-1 ބަދަލު ކުރިއެވެ.
ފޭދޫ ޓީމްގެ 4 ވަނަ ލަނޑަކީ ފަހު ހާފްގައި އެޓީމްގެ ބިދޭސީ ކުޅުންތެރިއާ އިސްމާއިލް އޮކައިރީ ޖަހާ ދިން ލަނޑެކެވެ.
މުބާރާތުގައި ދެން މެޗެއް ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ބައްދަލު ކުރާނީ މީދޫ ޓީމާއި މަރަދޫފޭދޫ ޓީމެވެ.
މެޗް ފަށާނީ ހަވީރު 15:45 ގައެވެ.