މާލޭގެ ފިހާރައަކުން ދެ ފުޅި ސެންޓް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން 2 ފުޅި ސެންޓު ވަގަށް ނެގި މައްސަލައިގައި 1 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ބ.ދަރަވަންދޫ ވިލަރެސް ހުސައިން މުޒްލިފެވެ.
އޭޕްރީލް 19 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައިވާ ގޮތުން ދައުލަތުން ކުރި ދައުވާއަށް ހުސައިން މުޒްލިފް ވަނީ އިބްތިދާއީ އަޑުއެހުމުގައި އާއި ޝަރީއަތުގެ މަޖިލީހުގައި ވެސް ވައްކަން ކުރިކަމަށް އިއުތިރާފްވެފައެވެ.
ހުސައިން މުޒްލިފް ސެންޓު ފުޅިތަކެއް ވަގަށް ނަގާފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ގައެވެ.