Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

ދުބާއީން އައި ދިވެއްސަކު ބައި ކިލޯގެ ހެރޮއިންއާ އެކު ހައްޔަރުކޮށްފި

ދުބާއީން މާލެ އައި ދިވެއްސަކު ބައި ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމުން މައުލޫމާތު ދޭ ގޮތުގައި މި މަހުގެ 19 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާ ބަލައި ފާސް ކުރުމުގެ ތެރޭގައި ފެނުނު ދެ ޕެކެޓް ޓެސްޓް ކުރުމުން ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ޕެކެޓްތަކުގެ ބަރުދަނުގައި 578 ގްރާމް ހުރި ކަމަށް ކަސްޓަމުން ވަނީ ހާމަކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަސްޓަމުން ވަނީ އެ ތަކެތި ރާއްޖެ އެތެރެ ކުރި މީހާ މަސްތުވާތަކެއްޗާ އެކު ފުލުހުންނާ ހަވާލުކޮށްފަ އެވެ.