Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މާރާމާރީ ހިންގި މީހާގެ ބަންދަށް ފަސް ދުވަސް

ހުޅުމީދޫ ޕޮލިސް ސްތޭޝަނަށް ވަދެ މާރާމާރީ ހިންގި މީހާގެ ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާލިބިފައި. ފޮޓޯ/ ކިއުންތެރިއެއް

މި މަހުގެ 17 ވަނަ ދުވަހު ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ވަދެ އެ ތަނުގައި ހުރި ފުލުހަކަށް ހަމަލާ ދިން މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީދޫ ޕްރިމްރޯސް، ހުސެއިންދީދީ، 47، ގެ ބަންދުގެ މުއްދަތު 5 ދުވަހަށް ކޯޓުން ޖަހައި ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވީދާޅުވީ ހުސެއިންދިދީގެ ބަންދުގެ މުއްދަތު ޖަހައި ދީފައި ވަނީ އިއްޔެގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

މީދޫން ވާހަކަ ދެެއްކި މީހަކު ބުނީ މިހާ ދިސާގައި ހުސެންދީދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކުރެވުނު މަސަައްކަތުގެ ތެރޭގައި ހުސެންދީދީ އަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އަދި އޭނާ ޕޮލިސް ސްޓޭޝަނަށް ވަދެ މާރާމާރީ ހިންގާފައި ވަނީ އޭނާގެ ދަރިފުޅު ކޮންމެވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރި މަސައްކަތުގެ ތެރޭގައި އެ ދަރިފުޅުގެ ބޯ ފަޅައިގެން ދިއުމާ ގުޅިގެން އެކަމުގެ ރުޅީގައި ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ހުސެއިންދީދީ ފުލުހުން ހައްޔަރު ކުރުމާ ގުޅިގެން އޭނާގެ އާއިލާގެ ބަޔަކު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އޭނާ ދޫކޮށްލުމަށް ބުނެ ވަނީ އަޑު އުފުލާފަ އެވެ.