ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީގެ ކުޑައިރުކޮޅެއް ކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
ފުލުހުންގެ ބަންދުގައި ހުންނެވި ގާސިމް ފުލުހުންގެ ބެލުމުގެ ދަށުން ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އޭނާ އުޅުއްވި ކަމަށް ބުނެ ކުރާ ދައުވާތަކުގެ އަޑުއެހުމަށެވެ.
ގާސިމްގެ މައްޗަށް ދައުވާ ކުރަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންނަށް 'ރިޝްވަތު' ދިން ކަމަށް ބުނެއެވެ. އެހެން ނަމަވެސް ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް އިތުރު ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ޖަލްސާއެއްގައި ގާސިމް ވިދާޅުވުމުންނެވެ.
ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ބައްލަވާ ގާސިމްގެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ މިއަދު 11:00 އަށެވެ.