ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބުދުލް އަލީމް ކޯޓުގެ ހުރުމަތް ކަނޑުމުގެ ކުށުގައި 85 ހާސް ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ކޯޓުން އެގޮތަކަށް ހުކުމްކޮށްފައިވަނީ ޕީޕީއެމްގެ ލޯގޯ އާއި ޕީޕީއެމްގެ ނަން ބޭނުންކޮށްގެން ކަންކަން ކުރަމުން ގެންދާ މައްސަލާގައި ކޯޓުން ނެރެފައިވާ އަމުރާ ހިލާފްވެފައިވާ ކަމަށް ތުހުމަތުކޮށެވެ.