މާލޭގައި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ، 18/30 ވިމެން ފިއެސްޓާގެ ކުއާޓަ ފައިނަލްގައި ޕޮލިސް ކްލަބާއި އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ އެފްޓީ) އަނެއްކާވެސް ބައްދަލު ކުރަން ޖެހިއްޖެއެވެ.
މުބާރާތުގައި އަލަށް ވާދަ ކުރި އަވަ އެފްޓީ ކުއާޓަ ފައިނަލަށް ދަތުރު ކުރީ 10 ޕޮއިންޓް ހޯދައި ގްރޫޕްގެ އެއްވަނައިގެ ގޮތުގަ އެވެ.
މި މުބާރާތުގައި ގްރޫޕް ސްޓޭޖްގައި އަވަ އާއި ޕޮލިސް ބައްދަލު ކުރި މެޗް ނިމުނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ.
އެ މެޗަކީ ގްރޫޕް ސްޓޭޖްގައި އަވަ މޮޅު ނުވި ހަމައެކަނި މެޗެވެ.
ޕޮލިސް ކްލަބް ކުއާޓަ ފައިނަލުން ޖާގައެއް ހޯދީ ގްރޫޕްގެ ތިން ވަނަ ޓީމެއްގެ ގޮތުގައި އޮވެ އެވެ.
މުބާރާތުގެ ގަވައިދު ބުނާ ގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ވަނަ ޓީމުތަކުގެ ތެރެއިން ދެ ޓީމަށް ވެސް ދެވަނަ ބުރުން ޖާގައެއް ލިބޭ އިރު މިފަހަރު އެ ޖާގަ ލިބުނީ ޕޮލިސް ކުލަބަށާއި އެސްޓިއޯ ރެކްރިއޭޝްން ކުލަބަށެވެ.